viber_image_2022-12-11_22-08-32-789

މިދިޔަ އަހަރު 2ވަނަ އަށް އެންމެ ގިނަ ކަންނެލި ބޭނީ "އަލަމާ-6" ދޯނިން

މިދިޔަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ދެ ވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ އުޅަނދަކަށް، ދ. މީދޫ، "އަލަމާ 6" ދޯނި ހޮވި، މިނިސްޓްރީން ދޭ ހަނދާނީ ފިލާ ހާސިލު ކޮށްފިއެވެ.

"އަލަމާ-6" ދޯންޏަށް މި އެވޯޑު ލިބުނީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑާގައި ރޭ ކުރިއަށްދިޔަ ޖަލްސާގައެވެ.

ފާއިތުވި 12 އަހަރު  "އަލަމާ6" ދޯނީގެ ވެރިފަރާތުން ވަނީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރެ، ތަމްރީންކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައި ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ދޯންޏަކީ އެންމެ ގިނައިން މަސް ކިރުވި ދޯނިތަކުގެ ތެރޭގައި ހިމެނި، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުވެސް އިނާމު ހާސިލުކޮށްފައިވާ އުޅަނދެކެވެ.

މިިދޔަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި ދޯންޏަކީ، ބ. ތުޅާދޫ، "ހައިސަމް" ދޯންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!