viber_image_2022-12-12_12-25-50-128

މިިދިޔަ އަހަރު އެންމެ ގިނަ ކަންނެލި އަދި އެންމެ ގިނަ ފަރުމަސް ގަނެފައި ވަނީ "ބިގް ފިޝް"އިން

މިިދިޔަ އަހަރު އެންމެ ގިނަ ކަންނެލި އަދި އެންމެ ގިނަ ފަރުމަސް ގަނެފައި ވަނީ "ބިގް ފިޝް"އިން ކަން ފާހަގަކޮށް، މަސްވެރިންގެ ދުވަހު އެ ކުންފުންޏަށް ހަނދާނީ ފިލާ ހަވާލުކޮށްފިއެވެ.

ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ބިގް ފިޝް ޕްރައިވެޓް ލިމިޓެޑްގެ އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނިގެ ސީއީއޯ ޝާފިން އަހުމަދެވެ.

ބިގް ފިޝްއަށް ލިބިފައި ވަނީ، "2021 ވަނަ އަހަރު ބަރުދަނުގެ ގޮތުން އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ފަރާތަށް ދޭ ހަނދާނީ ފިލާ، އަދި ބަރުދަނުގެ ގޮތުން އެންމެ ގިނައިން ފަރުމަސް ގަނެފައިވާ ފަރާތަށް ދޭ ހަނދާނީ ފިލާ"އެވެ.

ރޭގެ ޖަލްސާގައި ވަނީ، މިދިޔަ އަހަރު އަގު އެއްކޮށްގެން މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ފަރާތަށް ވެސް ހަނދާނީ ފިލާ ދީފައެވެ. މި އެވޮޑު ލިބިފައި ވަނީ "ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް"އަށެވެ. އަދި މިދިޔަ އަހަރު ބަރުދަނުގެ ގޮތުން އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ފަރާތަށް ދޭ ހަނދާނީ ފިލާ ލިބިފައި ވަނީ "މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަ" (މިފްކޯ) އަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!