އެވޯޑަކުން މަޑަވެލި މަސްވެރިން އުފުލަން ޖެހިފައިވާ ތަކުލީފު ކުޑަ ނުވާ ކަމަށާއި އެވޯޑަކުން މަސްވެރިންނަށް ލިބުނު ލުޔެއް ފަސޭހައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ފިރުޝާން މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން، ގދ. ފަރެސްމާތޮޑާގައި ބޭއްވި ހަފްލާގައި މަސްވެރިކަމުގެ ދާއިރާގައި އެކި އެވޯޑުތައް ދިނުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެންމެ ގިނައިން މަސްކިރުވި ދޯނިތަކަކީ މަޑަވެލީ ދޯނިތައް ކަމަށާއި އެންމެ މޮޅު ކެޔޮޅުން ތިބީ މަޑަވެލީގައި ކަމަށެވެ. ނަމަވެސް، ވެރިކަމަށް ހަތަރު އަހަރު ވީއިރު، ރިޔާސީ އިންތިޚާބުގައި އަޅަން ވަޢުދުވި އައިސް ޕްލާންޓު މިހާތަނަށްވެސް އަޅާފައި ނުވާކަމަށް ފިރުޝާން ވިދާޅުވިއެވެ.
https://twitter.com/husnfirey/status/1602001616319971328
މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދުގެ އެވޯޑު ހޯދާފައި ވަނީ ގދ. މަޑަވެލީ ޓީއެސް ލައިން ދޯނިންނެވެ. އަދި މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ އުޅަނދުގެ އެވޯޑު ހޯދާފައި ވަނީ ގދ. މަޑަވެލީ "ކަމަނަ" ދޯނިންނެވެ.
One Response
ހައްގުއޮތީ މަސްވެރިންގެ އެކަނިތަ ހުރިހައި ސަބުސިޑީއެއް ހުރިހައި ޑިސްކައުންޓެއް ތެލުންނާއި އައިހުންނާއި ކިޔާނެކަމެއްނެއް ހުރިހައި އެއްޗަކުން ދިވެހިރައްޔިތުންގެ ފައިސާއިންދެނީ އެކަމަކު އުޅެނީ ރައްޔިތުމީހާ ކަރުއަޅާލަން މަސްވިއްކަނީ މާބޮޑުއަގުގައި އަދިމަސްވެރިން އުޅެނީ މަސްގަންނަ ކުންފުނިތައް އިނދަޖައްސާލަން މަސްކޮޅުކިރާލާއިރަށް އެމަހެއް ލާރިއަކައްނުވެ އެތައްހަރަދަކާ އެތަކެއް މުއައްފެއްގެ ޤުރުބާނީއާއެކު ކުރާމަސައްކަތުންވެސް ލިބެނީނުއަގު