Norway-smoked-salmon-shutterstock_1770021041-640x427

ސީފުޑް މާކެޓުކުރުމަށް ނޯވޭއިން 40.8 މިލިއަން ޑޮލަރު ހަރަދުކުރަނީ

ސީފުޑުގެ ބާވަތްތައް މާކެޓު ކުރުމަށްޓަކައި އަންނަ އަހަރުތެރޭ 33.2 މިލިއަން ޕައުންޑު ނުވަތަ 40.8 މިލިއަން ޑޮލަރު ހަރަދުކުރުމަށް ނޯވޭއިން ނިންމައިފިއެވެ.

ނޯވޭގެ ސީފުޑު ކައުންސިލުން ބުނީ ދުނިޔެއަށް އެޤައުމުގެ ސީފުޑުގެ ބާވަތްތައް އިޝްތިހާރުކޮށް މާރކެޓުކުރުމަށް އަންނަ އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ. އެގޮތުން މިކަމަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، އެންމެ ބޮޑު ޙަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ސެލްމަން އަދި ޓްރައުޓު ޕްރޮމޯޓުކުރުމަށެވެ.

އަންނަ އަހަރުތެރޭ ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތުތައް އެޤައުމުގެ ސީފުޑު އެކްސްޕޯޓަރުންނާއި ހިއްސާކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ސީފުޑް ކައުންސިލުން ބުނީ 25 މާރކެޓަށް އަމާޒްކޮށް ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، ތަފާތު 40 މާކެޓިން ޕްލޭނެއް ރާވާފައިވާ ކަމަށެވެ.

މިހާ ފުޅާ ދާއިރާއެއްގައި މި މަސައްކަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ނޯވޭގެ ސީފުޑުގެ އުފެއްދުންތަކާއި ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކަށް މައުލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުންކަމަށް ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!