ފާނަ ބިސްދޫކުރާ ފަސް ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައި ކަމަށް މަސްވެރިކަމުގެ ގަވާއިދުތަކާ ގުޅޭ އަތްމަތީ ފޮތުގައި ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ މި އަތްމަތީ ފޮތުގައި ވާގޮތުން، ފާނަ ބިސްދޫކުރުމަށް ޖަމާވާ ސަރަޙައްދުތަކުގެ ތެރެއިން ހިމާޔަތް ކޮށްފައިވާ ފަސް ސަރަހައްދަކީ:
- އަލިގައު ކަނޑުއޮޅި - ޅ. އަތޮޅު
- ދިއްފުށި ކަނޑުއޮޅި - ކ. އަތޮޅު
- ބޯމަސް ކަނޑުއޮޅި - ވ. އަތޮޅު
- ބޮޑު ކަނޑުއޮޅިއާއި ކުޑަ ކަނޑުއޮޅި - މ. އަތޮޅު
- ކުޑަހުވަދޫ ކަނޑުއޮޅި - ދ. އަތޮޅު
މި ސަރަހައްދުތަކުގައި، ހުރިހާ ވަގުތެއްގައިވެސް ކުރުން މަނާ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި، ވަދާދުއްވުން ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުކުރެވުމާއި، ނަގިލިލުން މަނާވުމާއި ވެއްޔާއި މުރަކަ އަދި އަކިރި ނެގުން މަނާވުން ހިމެނެއެވެ.
އޭގެ އިތުރުން، އެ ސަރަހައްދުތައި އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފު ނުކުރެވޭނެ ކަމަށާއި މަހަށް ކާން ދިނުމާއި އެކުއަކަލްޗަރ ކުރުމަކީވެސް މަނާކަމެއް ކަމުގައި، މަސްވެރިކަމުގެ ގަވާއިދުތަކާ ގުޅޭ އަތްމަތީ ފޮތުގައި ބުނެއެވެ.
ހަމައެޔާއެކު، އެ ސަރަހައްދުގައި ފާނަ ބިސްދޫކުރުމަށް ޖަމާވާ މުއްދަތުގައި ކުރުން މަނާކަންތައްތަކެއްވެސް ހުރެއެވެ. އެގޮތުން ކޮންމެ ހަނދުމަހެއްގެ 23 ވަނަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް، އެ ސަރަހައްދުތަކުގައި ޑައިވް ކުރުމާއި ސްނޯކްލިން ކުރުން މަނާވާނެއެވެ.
އަދި އެދުވަސްވަރު، މަސް ތިލަކުރުމަށް ދިއްލުމުގެ އިތުރުން، އިންޖީނުލީ އުޅަނދުފަހަރު ބޭނުން ކުރުމާއި މޫދު ކުޅިވަރުތައް ކުޅުންވެސް، އެ މުއްދަތުގައި މަނާވާނެ ކަމަށް މަސްވެރިކަމުގެ ގަވާއިދުތަކާ ގުޅޭ އަތްމަތީ ފޮތުގައި ބުނެއެވެ.
One Response
ސާބަހޭ