YXIXD4W23JGEBK7JPJWCD54MOE

މިޔަރުގެ ބިރުވެރިކަން ހަވާއީގައި ބޮޑުވެއްޖެ، މިފަހަރު ފުރާނަ ސަލާމަތްވީ ވަޅިއަކުން ހަމަލާ ދިނުމުން

ހަވާއީގައި އަނެއްކާވެސް މިޔަރެއް ހަމަލާ ދީގެން ރިޕޯޓުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް ހަވާއީގެ އެސަރަހައްދުން މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކުވަނީ މަރުވެފައެވެ.

ހަވާއީ ކައުންޓީ ޕޮލިސްއިން މައުލޫމާތުދޭގޮތުގައި މޫދަށް ގޮސް އުޅުނު 68 އަހަރުގެ މީހަކަށް މިޔަރެއް ހަމަލާ ދީގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްވެފައިވަނީ މިޔަރަށް ޑައިވިންގ ވަޅިއަކުން ހަމަލާ ދިނުމުންނެވެ.

އެމީހާއަށް ހަމަލާ ދީފައިވަނީ 12 ފޫޓުގެ ޓައިގަރ ޝާކެކެވެ. އޭގައިގެ ގައިގައި މިޔަރު ދަތް އެޅުމުގެ ސަބަބުން ފުން ޒަޙަމްތަކެއް ވަނީ ވެފައެވެ. އަދި މީހަރު އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ޑޮކްޓަރުންނާއި ހަވާލީ ރިޕޯޓުތައް ބުނާގޮތުގައި އެމީހާގެ ހާލު މިހާރު ސްޓޭބަލްއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތިދުވަހު، މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައިވަނީ އެމެރިކާގެ ވޮޝިންޓަނަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ހަވާއީއަށް ދިޔައީ ޗުއްޓީއަށެވެ. ފުރަތަމަ ރިޕޯޓުކުރީ އަންހެން މީހާ މޫދަށް ގެއްލިގެންނެވެ. އަދި އޭނާ މޫދަށް އެރި އުޅުނު ސަރަޙައްދުން މިޔަރު ފެނިފަިއވާ ކަމަށް މަންޒަރު ދުއް މީހުން ބުނެފައިވެއެވެ.

އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ވަޔާއި ކަނޑުމަގުން ކުރުމަށްފަހު، އޭނާ ވަނީ މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައި ކަމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!