އޮމާންގެ ކަނޑުގެ ސަރަޙައްދުން 200 ކިލޯގެ މަސް ހިފާ ދާގަނޑުތައް ހޮވައިފިއެވެ. ގުރިޔަތު ޑައިވަރސް އާއި ކޯރޕަރޭޝަން އޮފް ބްލޫ ވޯޓަރ ކޮމްޕެނީ އަދި އޮމާންގެ ފިޝަރީޒް ޑިވެލޮޕްމަންޓު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން ވަނީ ފަރުތައް ސާފުކުރުމަށްޓަކައި ފީނައިގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ސާފުކުރުމުގެ ހަރާތުގައި ފަސް ޑައިވަރުން ބައިވެރިވެފައިވެއެވެ. ޑައިވަރުންވަނީ ހެނދުނު 10:00އިން ފެށިގެން މެންދުރު 12:30އަށް މަސައްކަތް ކޮށްފައެވެ. އަދި ފަރުތައް ސާފުކުރުމަށްޓަކައި 13 މީޓަރުގެ ފުނަށް ވަނީ ފީނާފައެވެ.
ފަރުތައް ސާފުކުރުމުގެ އިތުރަށް މި ހަރަކާތުގެ ތެރެއިން ފަތުރުތައް ހިމާޔަތްކުރުމާއި ފަރުތަކަށް ނޭގި ނަމަވެސް ދެވޭ ގެއްލުންތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުުރުކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. އަދި މަސްވެރިކަމަށް ބޭނުންކުރާ އާލަތްތަކުން ފަރުތަކަށްވާ ގެއްލުންތަކާއި މޫދަށް ކުނި އެޅުން ހުއްޓުވުމަށްބާރު އެޅުމުގެ އިތުރުން ފަރުތައް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އަމިއްލައަށް އިސްނަގައިގެން އާއްމުން އުޅުމަށް ހިތްވަރުވެސްވަނީ ދީފައެވެ.
ދާ ޖަހައިގެން ކުރާ މަސްވެރިކަމުގައި ކަނޑަށް ދޫވެގެންދާ ދާގަނޑުތަކަކީ އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގިނަ ގެއްލުންތަކެއް ލިބޭ އެއްޗެކެވެ.
One Response
ޢެހެން ވީމަ ތީ މާކަ ބޮޑު ދާގަނޑެއް ނޫންތާ، ތި ދާގަނޑުން ހިފެނީ ގިނވެގެން 200 ކިލޯގެ މަސް ވިއްޔާ،