މަސް ފެކްޓްރީ އެޅުމުގެ އެއްބަސްވުމުގައި ލަންކާ ކުންފުންޏާއެކު ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ގައްދޫ ކައުންސިލް
މަސް ފެކްޓްރީ އެޅުމުގެ އެއްބަސްވުމުގައި ލަންކާ ކުންފުންޏާއެކު ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ގައްދޫ ކައުންސިލް

ގައްދޫގައި މަސް ފެކްޓްރީއެއް އަޅަން ލަންކާ ކުއްފުންޏަކާ ހަވާލުކޮށްފި

ގދ. ގައްދޫގައި މަސް ފެކްޓްރީއެއް އަޅަން ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ގައްދޫ ކައުންސިލްގެ ފަރާތުން ހަވާލުކުރި މި މަޝްރޫއުގައި ސޮއިކޮށްފައި ވަނީ އަންގާރަ ދުވަހު، އެކަމަށްޓަކައި  އެ ރަށު ކައުންސިލުން ބޭއްވި ޚާއްސަ ރަސްމިއްޔާތެެއްގައެވެ.

އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާއި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ވެސް ބައިވެެރިވެލެއްވިއެވެ.

މަސް ފެކްޓްރީ އެޅުމުގެ އެއްބަސްވުމުގައި ލަންކާ ކުންފުންޏާއެކު ސޮއިކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ: ގައްދޫ ކައުންސިލް

މި މަޝްރޫއު ކުންފުންޏަކާ ހަވާލުކުރީ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން މަޝްރޫއެއްގެ ގޮތުގައި ބީލަމަށް ހުޅުވާލުމަށް ފަހުގައެވެ.

މިއީ ޖުުމުލަ ފަސް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެކެވެ.

ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ މަސް ފެކްޓްރީގައި މަސް ޕްރޮސެސްކޮށް އެކްސްޕޯޓުކުރުމަށް ޓަކައި ގިނަ ވަސީލަތްތަކެއް ގާއިމު ކުރަން ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދުވާލަކު 50،000 މަސް ދަޅު ބަންދުކުރުމުގެ ކެޕޭސިޓީ ގާއިމްކުރާނެއެވެ. އަދި 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި، 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ގާއިމްކުރާނެއެވެ.

ހަމައެއާއެކު އެއް މިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއްގެ އިތުރުން ބްލާސްޓް ފްރީޒައެއް އެ ފެކްޓްރީގެ މަސައްކަތް ނިމޭއިރު ހުންނާނެއެވެ.

މި ފެކްޓްރީގެ މަސައްކަތް ހަވާލުކުރީ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!