4459816-780x470

ބާރުގަދަ ގޮވުމަކާއެކު މާސިންގާ މަސް ޓޭންކެއް ތަޅައިގެންގޮސް ބޮޑު ގެއްލުމެއް

ޖަރުމަނުގެ ބާލިންގައި ހިންގާ ރެޑިސަން ކަލެކްޝަން ހޮޓެލްގެ ހޮބީ އޭރިއާގައި ހުރި މާސިންގާ މަސް ޓޭންކެއް ބާރުގަދަ ގޮވުމަކާއި އެކު، ތަޅައިގެން ދިޔުމުގެ ގިނަ އަދަދެއްގެ މަސްތަކެއް މަރުވެެއްޖެއެވެ.

12 މީޓަރު އުސްކޮށް، ސިލިންޑަރެއްގެ ބައްޓަމަށް ހަދާފައިވާ މި މަސް ޓޭންކު ތަޅައިގެން ދިޔައީ ގޮވުމަކާއި އެކު އެވެ. އެހެންނަމަވެސް މަސް ޓޭންކު ގޮވަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. މި މަސް ޓޭންކުގައި 1500 ޓޮރޮޕިކަލް މަސް ހުރިއިރު، މަސްތައް ވަނީ ހޮޓެލުގެ ލޮބީ އޭރިއަށާއި މަގުމައްޗަށް ދޫވެއެވެ. އެއްވެސް މަހެއް ސަލާމަތްކުރެވިފައެއް ނުއެވެ. އަދި އެހާ ބޮޑު މަސް ޓޭންކަކަށްވުމުން ގިނަ އަދަދެއްގެ ފެންތައްވެސް ބޭރުވިއެވެ.

މަންޒަރުދުއް ބައެއް މީހުން ސިފަކުރިގޮތުގައި ސުނާމީއެއް އެރައިގެން އުޅޭ ކަމުގެ އިހްސާސް އޭރު ކުރެވުނު ކަމަށެވެ. މި ހާދިސާގައި ދެ މީހަކަށް އެކިވަރުގެ ގެއްލުންވެގެންވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

ފުލުހުން ހާމަކުރާގޮތުގައި މިއީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. ބާލިންގަށް މިއީ ފިނި މޫސުން ކަމަށްވުމުން ފިނީގެ ސަބަބުން ދިމާވި ކަމަކަށްވުން އެކަށީގެންވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

2003ވަނަ އަހަރު ހޮޓެލްގައި ބެހެއްޓި މި މަސް ޓޭންކަކީ ދުނިޔޭގައި ހުރި މި ޑިޒައިންގެ އެންމެ އުސް މަސް ޓޭންކެވެ. މި ޓޭންކުގެ އެތެރެއިން މަސްތައް ކައިރިން ބަލާލުމަށް ލިފްޓެއް ބެހެއްޓިފައި ހުރުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!