viber_image_2022-12-17_15-20-32-468

މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދުމަށް ތ. އަތޮޅު މަދަރުސާގެ ދަރިވަރުން މަހަށް!

ދިވެހީންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމާ ބެހޭ އަމަލީ ތަޖުރިބާ ހޯދުމަށް، ތ. އަތޮޅު މަދަރުސާގެ ގުރޭޑު 9 ން މަތީގެ ދަރިވަރުން މަހަށް ފުރައިފިއެވެ.

ތ. އަތޮޅު މަދަރުސާއިން ބުނީ، ތަޖުރިބާގެ މި ދަތުރުގައި ތ.ގުރައިދޫ މަސްވެރިންނާއި ތ.އަތޮޅު މަދަރުސާގުޅިގެން ކުރިއަށް ގެންދާ މި މަސްދަތުރު ފަށާފައި ވަނީ އިއްޔެ ކަމަށެވެ

މިއީ "މަމެންގެ ލޭނާރު 2022" ނަމުގައި ކުރިޔަށް ގެންދާ މަސްދަތުރެކެވެ.

ދަތުރުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުދައްރިސުންނާއި ބެލެނިވެރީންގެ އިތުރުން ޕޮލިހުން އަދި ސިއްޙީއެހީތެރީން ވެސް ދސތުރުގައި ބައިވެރިވާކަމަށް އެ ސްކޫލުން ހާމަކުރެއެވެ.

މިހަރަކާތް ކުރިޔަށް ގެންދިއުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް، ތ.އަތޮޅު މަދަރުސާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!