1865515

މަސް ހިފަން ޖެހި ދާގަނޑުގައި ބޮޑު ކޯމަހެއް ތާށިވެ، މަރުވެއްޖެ

ކެމްބޯޑިއާގައި ދާޖަހައިގެން މަސްވެރިކަން ކުރުމުގެ ތެރޭގައި ދަލުގައި ޖެހުނު ބޮޑު ކޯމަހެއް މަރުވެއްޖެއެވެ.

90 ކިލޯގެ މި ކޯމަސް މަރުވެފައިވަނީ ދަލުގައި ތާށިވެ، ސަލާމަތް ނުވެވިގެންނެވެ. ކެމްބޯޑިއާގެ ކެމްޕޮޓު ޕްރޮވިންސްގެ ޓްރަޕިއަންގ ރޯޕޯވް ފިޝިންގ ކޮމިއުނިޓީއިން ބުނީ ދަލުގައި ޖެހި މި ކޯމަސް މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ކޯމަހެއް މިގޮތަށް މަރުވުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެހިސާބަކީ ފަތުރުވެރިން ކޯމަސް ބަލަން އަންނަ ހިސާބަކަށްވުމުން މިއީ ލިބުނު ވަރަށް ބޮޑު ދެރައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ދާ ޖަހައިގެން މަސްވެރިކަންކުރުމަކީ އެހިސާބު ގަނޑުގައި އާއްމު ކަމެކެވެ. އަދި މިއީ ގަވާއިދާއި ހިލާފު ކަމަކަށް ނުވުމުން މަސްވެރިން އެކަން ހުއްޓުވުމަށް ބާރު އެޅުމަށްވެސް ކުރެވޭނެ ކަމެއް ނޯވެއެވެ.

އެހެންނަމަވެސް ކޯމަސްތައް އުޅޭ ހިސާބުތަކާއި ގުޅޭގިތުން މަސްވެރިން ހޭލުންތެރިކަން އިތުުރުކޮށް، ކޯމަހުގެ މުހިއްމު ކަމާއި ގުޅޭގޮތުން ވެސް މައުލޫމާތުތައް މަސްވެރިންނަށ ދިނުން މުހިއްމު ކަމަށް ފިޝަރީޒް އެޑްމިނިސްޓްރޭޓިވް ޑިޕާޓުމަންޓުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!