މަސްވެރިކަމާއި ގުޅޭ

އިސްމާއިލް އޭނާ ބޭނި ފާނައެއް ހިފައިގެން، ފޮޓޯ- އިސްމާއިލް

ފާނައިގެ ދިގުމިން ބަލާނީ ކިހިނެތް؟

ފާނައިގެ އާއިލާއަކީ ޙަޔަވީގޮތުންނާއި އިޤުތިޞާދީ ގޮތުން މުހިންމު ތަފާތު އެކި ބާވަތްތަކެއްގެ މައްޗަށް އެކުލެވޭ އާއިލާއެކެވެ.

ފާނައިގެ ބާވަތްތައް ނިސްބަތްވަނީ، ސެރަނިޑޭ އާއިލާގެ އެޕިނެފެލިނޭ  ސަބްފެމިލީއަށެވެ. އަދި މީގެތެރެއިން އިޤުތިޞާދީގޮތުން އެންމެ މުހިންމު ފާނައިގެ ބާވަތްތައް ނިސްބަތްވަނީ އެޕިނެފެލަސް  އަދި ސެފަލޮފޯލިސް، މި ދެ ޖީނަސްއަށެވެ. މުޅި ދުނިޔޭގައި 16 ޖީނަސް އަކަށް ނިސްބަތްވާ 160 އަށްވުރެ ގިނަ ފާނައިގެ ބާވަތް ރިކޯޑުކުރެވިފައިވެއެވެ. މީގެތެރެއިން ދިވެހިރާއްޖޭގައި އުޅޭކަމަށް ރިކޯޑު ކުރެވިފައިވަނީ 41 ބާވަތެވެ.

ފާނައިގެ ދިގުމުން ބަލާއިރު، އެކި ބާވަތުގެ ނިގޫފަތް ހުންނަ ފާނައިގެ ދިގުމިން ބަލާ ގޮތް ތަފާތެވެ.

އެގޮތުން، ކުރެހުމެ 1 ވަނަ ނަންބަރުގައި ވާ ފަދައިން، ނިިގޫފަތް ހުންނަ މަސްމަހުގެ ދިގުމިން ބެލުމަށް މިން ނަގާނީ، މަހުގެ ތިރީ ތުނބުން ފެށިގެން ނިގޫފަތުގެ ކޮޅާހިސާބަށެވެ.

ކުރެހުމުގެ 2ވަނަ ނަންބަރުގައި ވާގޮތަށް ހަނދުފަޅިކޮށް ނިގޫ ހުންނަ މަސްމަހުގެ ދިގުމިން ބެލުމަށް މިން ނަގާނީ، މަހުގެ ތިރީ ތުނބުން ފެށިގެން ހަނދުފަޅިބުރުގެ އެންމެ އެތެރެ ހިސާބު، ނުވަތަ ނިގޫފަތުގެ މެދަށްވާ ހިސާބަށެވެ.

ކުރެހުމުގެ 3 ވަނަ ނަންބަރުގައިވާ ފަދައިން، ވަށް ނިގޫފަތް ހުންނަ މަސްމަހުގެ ދިގުމިން ބެލުމަށް މިން ނަގާނީ، މަހުގެ ތިރީ ތުނބުން ފެށިގެން ނިގޫފަތުގެ އެންމެ ބޭރު ކައިރިއާ ހަމައަށްވާ ހިސާބަށެވެ.

މަހުގެ މިންކަމަށް ބަލާނީ، ފުރިހަމަވެފައިވާ އެންމެ ކައިރި މިނެވެ. މިގޮތުން ކުރެހުމުގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގައިވާ ދެ މަހުގެ މިނަކީވެސް 46 ސެންޓިމީޓަރެވެ. އެއީ 47 ސެންޓިމީޓަރު ފުރިހަމަ ނުވާތީއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިހުރިހާ ވާހަކައެއް ނުލިޔެ ތިރީ ތުނބުން ނިގުލުގެ މެދަށޭ ލިޔެލިނަމަ ތިހާ ކޮމްޕްލިކޭޓެޑް އެއް ނުވާނެ ދޯ!

Comments are closed.