މާލޭ ރަސްފަންނާދިމާ ބޭރުން ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މާލެ ވެސްޓް ޕާރކާދިމާ ބޭރުން ދޯންޏެއް ބަންޑުން ޖަހާލައިގެން އެ ދޯންޏައް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރި ވާންފަށައިވާ ކަމަށެވެ.
"ރަސްއައިނު" ނަމަކަށް ކިޔާ އެ ދޯނި ބަންޑުންޖަހާލާފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެ އުޅަނދު ބަންޑުން ޖަހާލުމާ ގުޅިގެން ކޯސްޓް ގާޑުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދޯންޏާ ގުޅޭ މައުލޫމާތުތަކެއް އަދި ނުލިބެ އެވެ.