މިފްކޯގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއީލް ފައުޒީ
މިފްކޯގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއީލް ފައުޒީ

އިންޓަރނޭޝަނަލް ބަނދަރާއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ހައްލު ލިބޭނެ: ފައުޒީ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެންމެ ރަނގަޅަށް ބޭނުން ނުކުރެވެނީ ބަނދަރުގެ ހާލަތު އޮތްގޮތުން ކަމަށާއި ނަމަވެސް އިންޓަރނޭޝަނަލް ބަނދަރާއި އެކު އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ މިހެން ވިދާޅުވީ، ރާއްޖެޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމުގައި، މިފްކޯގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ކޫއްޑޫ ބަނދަރަށް އިތުރު ކުރެވޭ ސަރަހައްދު، ކުރިއަށްއޮތް ދެ ހަފްތާ ތެރޭގަ މޮބިލައިޒް ކުރެވޭނެ: ފައުޒީ

ފައުޒީ ވިދާޅުވީ، އިންޓަރނޭޝަނަލް ބަނދަރެއްގެ އެކި މަސައްކަތްތައް ފެށިފައިވާ ކަމަށާއި އެ ބަނދަރު ނިމުމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޭނުން އެންމެ ފުރިހަމަޔަށް ހިފޭނެ ކަމަށެވެ.

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެންމެ ރަނގަޅަށް ޔޫޓިލައިޒް ނުކުރެވެނީ، އެތާނގެ ބަނދަރުގެ ހާލަތު ހުރިގޮތުން. އެހެންވީމަ  އިންޓަނޭޝަނަލް ބަނދަރެއް އެބަ އާދޭ އެތަނަށް. ބަނދަރުގެ މަސައްކަތް ފެށިފަ ހުރީ، އެހެން ނަމަވެސް ކޮންމެވެސް ސަބަބުތަކަކާހުރެ ކޮންމެވެސް ވަރެއްގެ ޑިލޭތަކެއް އެބަ އާދޭ. އެހެން ނަމަވެސް އަޅުގަނޑުމެން އުންމީދު ކުރަނީ ބަނދަރާ އެއްކޮށް އައްޑޫގެ[ފިޝަރީޒް ކޮމްޕްލެކްސްގެ] ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ކަމަށް،" ފައުޒީ ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު އަބަދުވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޖާގައިގެ ދަތިކަން ކުރިމަތިވެއެވެ. އަދި އޭގެ ސަބަބުން މަސް ދޯނިފަހަރު ކިއޫގައި ޖެހެން ޖެހުމާއި، ދޯނިތަކަށް ނަންބަރު ދޫކޮށްގެން ގިނަ ވަގުތު ހޭދަވާ ފަހުން މަސް ކިރުވުންފަދަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!