ޗައިނާގެ ކޯސްޓް ގާޑުން ނޯތް ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އޮޕަރޭޝަނެއް ފަށައިފި

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ޗައިނާގެ ކޯސްޓް ގާޑުން ނޯތް ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އޮޕަރޭޝަނެއް ފަށައިފިއެވެ.

މިގޮތުން ޗައިނާގެ ކޯސްޓް ގާޑުން ވަނީ ނޯތް ޕެސިފިކް އޯޝަންގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމަށް އެއިދާރާގެ 2 ކޯސްޓް ގާޑު ބޯޓު ފޮނުވާފައެވެ. މިދެބޯޓުން ނޯތް ޕެސިފިކް ކަނޑުގެ 25400 ސްކުއަރ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލަހައްޓާނެއެވެ. އަދި މިއީ މަސްވެރިކަމާބެހޭ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކާއި އެގްރީމަންޓުތަކުގެ ދަށުން ޗައިނާއިން ތަންފީޒުކުރުމުގެ ބޭނުމުގައި އެކުލަވާލި މަސްވެރިކަމިގެ ޤާނޫނުގެ ދަށުން ކުރެވޭ މަސެއްކަތެކެވެ.

މިމަސައްކަތުގެ ބޭނުމަކީ ޗައިނާއިން ސަރަހައްދީ މަސްވެރިކަމުގެ ދާއިރާ ރައްކާތެރި ކުރުވުމުގައި ކުރާ މަސައްކަތައް އެބާރުުލުމެވެ. އަދި މިއީ މިސަރަަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަށް ދެނެގަތުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނެކެވެ. އެހެން ޤައުމުތަކުންވެސް ދަނީ މިފަދަ އޮޕަރޭޝަންތައް މިސަރަހައްދުގައި ހިންގަމުންނެވެ. އެއީ މިސަރަހައްދުގެ ކަނޑުމަތި ރައްކާތެރި ތަނަކަށް ހެދުމުގެ އިތުރުން، މިސަރަހައްދުގައި ކުރެވޭ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަން ކަށަަވަރު ކުރުމަށް ކުރާ މަސައްކަތެކެވެ.

މިމަސައްކަތުގެ ދަށުން ޗައިނާގެ ކޯސްޓްގާޑުން ނޯތް ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އުޅޭ މަސްވެރިކަމުގެ އުޅަނދުފަހަރުގެ މައުލޫމާތު އެއްކުރާނެއެވެ. އަދި މިފަދަ އުޅަނދުތަކުން މަސްބޭނުމުގައި ގެންގުޅޭ އުކުޅުތަކާއި، ބައިނަލްއަޤްވާމި މިންގަނޑުތަކަށް ކަމޭހިތާތޯ ބެލުމުގެ އިތުރުން ބާނަނީ ކިހާ މަހެއްތޯވެސް ބަލާނެއެވެ.

ޗައިނާގެ ކޯސްޓްގާޑުގެ މިދެއުޅަނދު މިމަސައްކަތް 31 ދުވަސް ވަންދެން ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!