Masveringe Adu

މާދަމާއަކީ 'ފުރަހަޅަ' ނަކަތް ފެށޭ ދުވަސް: އުތުރަށް މަސްވެރިކަން ރަނގަޅުވާނެ

'މުލަ' ނަކަތް ނިމި، އިރުވައިގެ ދެވަނަ ނަކަތް ކަމުގައިވާ 'ފުރަހަޅަ' ނަކަތް މާދަމާ ފެށޭއިރު، މިއީ އުތުރުގެ މަސްވެރިންނަށް އުފާވެރި މޫސުމެކެވެ.

ޖެނުއަރީ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ 'ފުރަހަޅަ' ނަކަތުގައި ވަނީ 14 ދުވަހެވެ.

މި އަަހަރުގެ ޖުމާދަލްއޫލާ މަހުގެ 29 ވަނަ ދުވަހު ފެށޭ 'ފުރަހަޅަ' ނަކަތުގައި ވައި ބާރު ވާނެއެވެ. އަދި ކަނޑުތައް ގަދަވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން މިހާރުވެސް ވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފައެވެ.

އިރުވައި މޫސުން ފެށިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެލީ މުލަ ނަކަތުންނެވެ. ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގެ ތިންވަނަ ނަކަތް ކަމުގައިވާ 'އުތުރު ހަޅަ' ފެށޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!