މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިބުމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ހދ. އިހަވަންދުއަށް ވަޑައިގެންފިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކޮށްފައިވަނީ ގދ. ފަރެސްމާތޮޑާގައި ކަމަށްވީ ނަމަވެސް އެހެން ރަށްރަށުގައިވެސް، އެދުވަސް ފާހަގަ ކުރުމަށް އެކިއެކި ހަރަކާތްތައް ހިންގިއެވެ.
އެގޮތުން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އިހަވަންދޫގައި މިއަދު ކުރިއަށްގެންދާ ހަކަރާތްތަކުގައި ބައިވެރިވުމަށް މިނިސްޓަރު އެރަށަށް ވަޑައިގަތީ އިއްޔެއެވެ.
އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ހއ އަތޮޅު ކައުންސިލާއި 'އިމަގު' ޖަމިއްޔާއާއި ގުޅިގެންނެވެ.
އިމަގު ޖަމިއްޔާގެ ރައީސް މޫސާ އަލީ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، މިނިސްޓަރުގެ ދަތުރުފުޅުގައި އެރަށުގައި ބާއްވާ މަސްވެރިންގެ ސައްލާގައި ބައިވެރިވުމުގެ އިތުރުން، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހއ. އަތޮޅު ކައުންސިލް އިމަގު މަސްވެރިކަމުގެ އެވޯޑް 2022 ހަފްލާ ޝަރަފްވެރި ކޮށްދެއްވާނެ ކަމަށެވެ،