ކ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ވައިޓް އެލަރޓް ނެރެމުން ބުނެފައި ވަނީ، މިއަދު މެންދުރުގެ ނިޔަލަށް، ކަ. އަތޮޅުން ފެށިގެން ގއ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/GGHDpDGg26
— Maldives Meteorology (@MetMaldives) December 24, 2022
އިރުވައިގެ ދެވަނަ ނަކަތް ކަމުގައިވާ 'ފުރަހަޅަ' ނަކަތް ފެށިފައި ވަނީ އިއްޔެއެވެ. ޖެނުއަރީ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ 'ފުރަހަޅަ' ނަކަތުގައި ވަނީ 14 ދުވަހެވެ.
މި ނަކަތުގައި ވައި ބާރު ވެފައި ކަނޑުތައް ގަދަވާނެއެވެ. މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.
އިރުވައި މޫސުން ފެށިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެލީ މުލަ ނަކަތުންނެވެ. ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގެ ތިންވަނަ ނަކަތް ކަމުގައިވާ 'އުތުރު ހަޅަ' ފެށޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
މި ނަކަތުގައި އުތުރުގެ މަސްވެރިކަން ރަނގަޅުވާނެއެވެ.