މަސްވެރިކަމާއި ގުޅޭ

ދޮށީގައި ކަޅުބިލަމަސް ބޭނުން

މަސްވެރިކަމުގެ ހަރަކާތްތަކުގައި ކުރުން މަނާ ކަންކަން

މަސްވެރިކަމުގެ ހަރަކާތްތަކުގައި ކުރުން މަނާ ކަންކަމުގެ ގޮތުގައި، ނުވަ ކަމެއް، މަސްވެރިކަމުގެ ގަވާއިދުތަކާ ބެހޭ އަތްމަތީ ފޮތުގައި ބަޔާން ކޮށްފައިވެއެވެ.

އެގޮތުން ފުރަތަމަ ކަމަކަށް އެ ފޮތުގައި ވަނީ، މިނިސްޓްރީ ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި އެ ސަރަަހއްދަަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށެވެ.

މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރު ހޯދުމަށް ނުވަތަ ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުން ކުރުމާއި ރޮދު ލުމަކީވެސް، އެ ފޮތުގައި ވާގޮތުން، މަނާކަމެކެވެ.

ކަނޑުގެ މާހައުލުގެ މައުލޫމާތު އެއްކުރުމަށްޓަކާ ކަނޑަށް ދޫކޮށްފައިވާ ނުވަތަ ހަރުކޮށްފައިވާ ބޮއެއްގެ ވަށައިގެން އެއް ނޯޓިކަލް މޭލަށްވުުރެ ކައިރިން މަސްވެރިކަން ކުރުން މަނާ ކަމަށް ފޮތުގައި ވާއިރު، ޑޭޓާ ބޮއެއްގައި ނުވަތަ ބޮއެގެ ނަގިލި ވަލުގައި އުޅަނދު ނުވަތަ މަސްވެރިކަމުގެ އާލާތެއް އެއްސުން ނުވަތަ ހަރުކުރުން ނުވަތަ އެފަދަ ބޮއެއްގެ ނަގިލި ވާ ކަނޑާލުން ނުވަތަ ޑޭޓާ ބޮއެގެ އެއްވެސް ބަޔަކަށް ގެއްލުމެއް ދިނުމަކީވެސް މަނާކަމެކެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުމަކީ މަނާކަމަކަށް ވާއިރު، އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިންގާ ސަރަހައްދުގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުމަކީވެސް މަނާކަމެކެވެ.

ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައި އަދި ވަކި އަތޮޅެއްގެ ގޮތުގައި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ އެއް ނޯޓިކަލް މޭލު ސަރަހައްދުން ބޭރުގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލު ކުރުމުގެ ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށް އެ ފޮތުގައިވެއެވެ.

އެންމެ ފަހު ކަމަކަށް ފޮތުގައި ބުނެފައި ވަނީ، އެތެރެވަރީގެ ސަރަހައްދުގައި ނުވަތަ ވަކި އަތޮޅެއްގެ ގޮތުގައި ޤުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ އެއް ނޯޓިކަލް މޭލުގެ ސަރަހައްދުގައި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް މަސް ބަދަލު ކުރުމުގެ ހަރަކާތް ހިންގުމަކީ މަނާކަމެއް ކަމަށެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!