whatsapp-image-2022-12-12-at-622

ބަނގްލަދޭޝުުގައި މަހުގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ

ބަނގްލަދޭޝުުގައި މަހުގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ޑާކާ ޓުރިބިއުން އިން ރިޕޯޓުކުރާގޮތުގައި، މަހުގެ އަގުތައްވަނީ ކިލޯއެއް 50 ޓާކާ އާއި 100 ޓާކާއަށް ދެމެދުގެ އަގުތަކަކަށް އުފުލިފައެވެ.

މިއީ މައިގަނޑުގޮތެއްގައި ދަތުރުފަތުރުގެ އަގުތައް ބޮޑުވުމާއި، މަސްވެރިކަން މިދުވަސްވަރު ދަށްވެފައިވުމުން އައިސްފައިވާ ބަދަލެކެވެ. ބަންގުލަދޭޝުގައި އެހެން ބާވަތްތަކުގެ ކާބޯތަކެތީގެ އަގުތައްވެސް ދަނީ އުފުލެމުންނެވެ.

އެގޮތުން ލޮނުމެދުގެ އަގުވަނީ އިތުރަށް ގާތްގަނޑަކަށް ޓާކާއަށް އުފުލިފައެވެ. މިއާއެކު މިހާރު ބަންގުލަދޭޝުގައި ލޮނުމެދު ކިލޯއެއްގެ އަގު އުޅެނީ 100 އަދި 120 ޓާކާ އާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި އެޤައުމަށް އެތެރެކޮށްފައިވާ ޓާކާގެ އަގު އުޅެނީ 130 ޓާކާ އާއި 150 ޓާކާ އާއި ދެމެދުގެ އަގުތަކެއްގައެވެ.

މަހުގެ އަގުތަކާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް އުފުލެމުން ދިޔުމާއި އެކު ފަގީރު ހާލުގައި އުޅޭ ފަރާތްތަކަށްވަނީ ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!