ކޮޅިގަނޑުގެ ސަބަބުން މިރެއާ މާދަމާ، އުތުރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ ބޭ އޮފް ބެންގާލުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު އިއްޔެ ވަނީ ސްރީލަންކާ ހުރަސްކޮށްފައި ކަމަށެވެ. މި ކޮޅިގަނޑުގެ ބާރު ދަށްވެ، މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯޕްރެޝަރ އޭރިއާއެއްގެ ގޮތަށް ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މި ކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބިކަނޑަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން މިރެއާއި މާދަމާ، އުތުރުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެފައިވެއެވެ.
Alert White for strong winds pic.twitter.com/NEfDHh6U1u
— Maldives Meteorology (@MetMaldives) December 26, 2022
މެޓުން ވަނީ މއަދި، ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ވައިޓް އެލަރޓް ނެރެފައެވެ.
އެ އެލަރޓްގައި ވަނީ، މިއަދު ހަވީރުގެ ނިޔަލަށް އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.