މަސްވެރިކަމާއި ގުޅޭ

ޤާނޫނު: ގޭދޮށު މަސްފެކްޓަރީއާއި އައިސް ޕްލާންޓްތައް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނުނު 14/2019 ގެ 29 ވަނަ މާއްދާގެ (ހ): ދިވެހިރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތައް ޕްރޮސެސްކުރެވޭނީ އަދި މަސް ރައްކާކުރުމަށްޓަކަ ބޭނުންވާ އައިސް އުފައްދާ އައިސްޕްލާންޓްތައް ޤާއިމުކުރެވޭނީ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ. ނަމަވެސް، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ގިންތިތަކަށް ނިސްބަތްވާ ފެކްޓްރީތައް ޤާއިމުކުރުމުގެ ހުއްދަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ދޫކުރުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

(ނ) މީހުން ދިރިއުޅޭ ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ޤާއިމުކުރުމުގެ ހުއްދަ ދޫކުރަންވާނީ އެފަދަ ފެކްޓްރީތައް އަންނަނިވި ފަދައިން ގިންތިކުރެވިގެންނެވެ.

(1)  ދުވާލަކު 5 (ފަހެއް) ޓަނަށްވުރެ މަދުން މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި؛
(2)  ދުވާލަކު 5 (ފަހެއް) ޓަނާއި 10 (ދިހައެއް) ޓަނާ ދެމެދުގެ މިންވަރަކަށް މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީގެ ފެކްޓްރީތައް ހިމެނޭ ގިންތި

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!