މަސްވެރިކަމާއި ގުޅޭ

ޤަވާއިދު: ފީނުމަށް ބޭނުންކުރާ އާލާތްތައް ސާވިސްކޮށް ބަލަހައްޓަންވާނީ އޮޑިވެރިޔާ ނުވަތަ އޮޕަރޭޓަރ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ 15 ވަނަ މާއްދާ، އޮޑިވެރިޔާ ނުވަތަ އޮޕަރޭޓަރުގެ މަސްއޫލިއްޔަތު: މަސްވެރިކަން ކުރުމަށް މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ފީނުމަށް ބޭނުންކުރާ އާލާތްތަކަކީ އެ ކަމަށް ރައްކައުތެރި އާލާތްކަން ކަށަވަރު ކުރުމަށްޓަކައި އެ ތަކެތި ގަވާއިދުން ސަރވިސްކޮށް ބަލަހައްޓަންވާނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ 16 ވަނަ މާއްދާގެ ހ. ގެ 1 ގައި ބުނަނީ އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ނެތް މީހަކު އެންވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަމާއި ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުމަކީ މަނާކަމެކެވެ.

އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނަނީ ޤައުމީގޮތުން ނުވަތަ ބައިނަލް އަޤުވާމީގޮތުން ޤަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓު ލިބިގެން މެނުވީ ވައިފުޅި އަޅައިގެން އެންވެރިކަން ކުރުން، ނުވަތަ މަސްވެރިކަން ކުރުން، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!