ބާޒެއް ހުށިޔާރުކަމާއި އެކު މަހެއް ހިފާ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް

fdfd

ބާޒަކީ އެހެން ޖަނަވާރު ޝިކާރަކޮށްގެން ކައި ހަދާ އެއްޗެކެވެ. ބާޒަކީ ޝިކާރަކުރުމުގައި ދޫނިތަކުގެ އާއިލާގައިވެސް އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއްޗެކެވެ.

ބާޒުގެ ޝިކާރަ ކުރުމުގެ ހުނަރު ފެންނަ ވީޑިއޯއެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. ޓުވިޓާގައި ހިއްސާކޮށްފައިވާ މި ވީޑިއޯ މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

ވީޑިއޯއިން ފެންނަނީ ބާޒެއް، ސައިޒުން ބޮޑު މަހެއް މޫދުން ޖަހައިގަނެގެންދާ ތަނެވެ. މަހުގެ ސައިޒުގެ ގޮތުންވެސް މިއީ ފަސޭހަކަމަކަށް ނުވާނެކަން އެނގެއެވެ.

 

އެހެން ނަމަވެސް ބާޒު އެ މަސް ހިފައިގެން ދާއިރު، ބަލާ ބެލުމަށް އެއީ އެ ބާޒަށް ދަތިކަމެއް ހެނެއް ހިޔެއް ނުވެއެވެ.

ބާޒު ކައިރިން ސަލާމަތްވުމަށް މަސް ތެޅެއެވެ. އެއާ އެކު ކޮންމެވެސް ވަރަކަށް ތިރިއަށް ބާޒު ޖެހުނު ނަމަވެސް ކުރިއަށްވުރެ ބާރަށް މަހުގެ ގައިގައި ފައި ހިއްޕާލައިގެން އޭތި ކެއުމަށްޓަކައި މަންޒިލާއި ދިމާއަށް ބާޒު މިސްރާބު ޖަހައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ