މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ އަތްމަތީ ފޮތުން: ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަން

މަސްވެރިކަމުގެ އަތްމަތީ ފޮތުގައި ވާގޮތުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތަކެއް ވެއެވެ.

އެގޮތުން، ފަސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން މަނާ ކަމަށް އެ ފޮތުގައި ވެއެވެ. އެއީ:

  1. ބޮޑު ދަލުގެ (ޕަރސް ސެއިން) މަސްވެރިކަން
  2. އޮޔާދާ ދަލުގެ (ގިލް ނެޓް) މަސްވެރިކަން
  3. ދަމާ ދަލުގެ (ޓްރޯލް ނެޓް) މަސްވެރިކަން
  4. އެންވެރިކަމާއި ފަޅުގެ ސަރަހައްދުގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން
  5. ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން މިއެވެ.

އެހެންކަމުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް މި އުސޫލަށް ތަބާވެ، ނުކުރެވޭނެ ބާވަތްތަކުގެ މަސްވެރިކަމުން ދުރުހެލިވާން ޖެހޭނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!