މިޔަރު ފެންނަ ކަމުގެ ރިޕޯޓުތައް އިތުރުވަމުން ދިޔުމާއި އެކު ސިޑްނީގެ ޕާމް ބީޗް ބަންދުކޮށްފިއެވެ.
އެގޮތުން އެއްގަމާއި 200 މީޓަރުގެ ހިސާބަކުން 15-10 އަކާއި ދޭތެރޭގެ އަދަދަކަށް ހެމާހެޑް ޝާކް ފެނިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ ހިސާބު ޕެޓްރޯލްކުރުމަށް ލައިފްގާޑުންވަނީ ޖެޓް ސްކީތަކުގައި ނިކުމެފައެވެ.
މިޔަރުތައް ހޯދުމަށް އޮސްޓްރޭލިއާގެ އޭރިއަލް ވެހިކަލްތައްވަނީ އެހީވެފައެވެ. މިއީ ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބަލާ އެއްޗެކެވެ.
ސާފް ލައިފް ސޭވިންގުން މައުލޫމާތުދޭގޮތުގައި، މިހާ ގިނަ އަދަދަކަށް މިޔަރު މިގޮތަށް ފެނުމަކީ އާއްމުކަމެއް ނޫން ކަމަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވީ 12 މަސްދުވަސްތެރޭ ފެނިފައިވަނީ 180 މިޔަރެވެ. މިއީ 32000 ފަހަރު ކަނޑުގެ ސަރަހައްދު ވައިގެމަގުން ބަލައިގެން ފެނިފައިވާ އަދަދެވެ.
ޕާމް ބީޗަކީ އާއްމުންގެ މެދުގައި މަޤްބޫލް ބީޗެކެވެ. އަހަރުގެ މި ދުވަސްވަރަކީ ގިނަ އަދަދަކަށް މީހުން އެ ބިޗަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ.