ގއ. ދެއްވަދޫ -- ސެޓެލައިޓް ފޮޓޯ
ގއ. ދެއްވަދޫ -- ސެޓެލައިޓް ފޮޓޯ

މަހަށްގޮސްގެން ގެއްލުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގއ. ދެއްވަދޫއިން މަހަށްގޮސްގެން ގެއްލުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝާފިއު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ދޯނިން ކައުންސިލަށް ރިޕޯޓު ކުރީ ހެނދުނު 9 ޖަހާކަންހާއިރު ކަމަށެވެ.

މަރުވެފައި ވަނީ، އެރަށު ވައިމަތީގޭ އަހުމަދު ރަޝީދު 55 އެވެ.

ޝާފިއު ވިދާޅުވީ، 18 މީހުންނާއެކު މަހަށް ދިޔަ، އެރަށު "މަސްކުރަނގި" ދޯނިން މީހަކު މަދުވެގެން އުޅޭކަން އެމީހުންނަށް ފާހަގަ ކުރެވުމުން އެމީހާ ހޯދަން ފެށި ކަމަށާއި އަދި ހޯދަމުން ދަނިކޮށް ފެނުނީ މަރުވެފައި އޮއްވާ ކަނޑުމަތިން ކަމަށް ދޯނީގެ ފަޅުވެރިންނާ ހަވާލާދީ ޝާފިއު ވިދާޅުވިއެވެ.

އެ ދޯނިން އެންދަމަން ފައިބާފައި ވަނީ ގއ. ވިލިގަލާ ކިޔާ ފަޅުރަށަކަށް ކަމަށް ޝާފިއު ވިދާޅުވިއެވެ.

"އޭނަ އެއްގަމަށް އެރިކަމަށް ދޯނިން މައުލޫމާތުދިނީ. ރަށުތެރެއަށް އަރާފަ ދެން އެފަހުން ހަބަރެއް ނުވެގެން ދޯނިން ބެލީ. ރަށަށް އަންނަންވެގެން މީހަކު މަދުވެގެން އުޅޭތީ. ދެން އައިސް ރިޕޯޓުކުރީ ކައުންސިލަށް،" ޝާފިއު ވިދާޅުވިއެވެ.

އޭނާގެ ހަށިގަނޑު ފެނުނީ، ކޮނައްޓާ ރިސޯޓު ކައިރިން، ވިލިގަލާގެ ދެކުނުން ބައި ބޭލު ބޭރުން އޮޔާ ދަނިކޮށް ކަމަށް ޝާފިއު ވިދާޅުވިއެވެ.

މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް އެމްއެންޑީއެފްއާއި ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!