@–LFŽsê‚̏‰‹£‚è‚Å‚R‚U‚O‚S–œ‰~‚̍ō‚’l‚Å—ŽŽD‚³‚ꂽÂXŒ§‘åŠÔŽY‚̃Nƒƒ}ƒOƒ‚T“úŒß‘OA“Œ‹ž“s]“Œ‹æ
@–LFŽsê‚̏‰‹£‚è‚Å‚R‚U‚O‚S–œ‰~‚̍ō‚’l‚Å—ŽŽD‚³‚ꂽÂXŒ§‘åŠÔŽY‚̃Nƒƒ}ƒOƒ‚T“úŒß‘OA“Œ‹ž“s]“Œ‹æ

ޖަޕާނުގައި 273،000 ޑޮލަރަށް ނޫ އުރަހަ ކަންނެއްޔެއް ވިއްކައިފި

ޖަޕާނުގައި 273،000 ޑޮލަރަށް ނުވަތަ 36.04 މިލިއަން ޔެންއަށް ނޫ އުރަހަ ކަންނެއްޔެއް ވިއްކައިފިއެވެ. މި ކަންނެލި ވިކިފައިވަނީ އާ އަހަރާއި ދިމާކޮށް ކޮންމެ އަހަރެއްގައިވެސް ޖަޕާނުގެ ޓޮޔޮސު މަސް މާރުކޭޓުގައި ބާއްވާ ނީލަމުގައެވެ.

މިއީ މިދިޔަ އަހަރުގެ ނީލަމުގައި އެންމެ އަގުބޮޑުކޮށް ވިއްކާފައިވާ ކަންނެލީގެ އަގަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެންމެ މަތީ އަގަކީ 16.88 މިލިއަން ޔެންއެވެ. 

އަގު ރަނގަޅުވެފައި މިވަނީ ކޮވިޑަށްފަހު ރެސްޓޯރެންޓުތަކާއި ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ވިޔަފާރި ރަނގަޅުވެފައިވުމުންނެވެ. މިއަހަރު އެންމެ އަގުބޮޑުކޮށް ވިކިފައިވާ ނޫ އުރަހަ ކަންނެލީގެ ބަރުދަނުގައި 212 ކިލޯ ހުއްޓެވެ. މި މަސް ބާނާފައިވަނީ ޖަޕާންގެ އައުމޯރީ ޕްރިފެކްޗަރގެ ކަނޑުގެ ސަރަހައްދުންނެވެ.

2019 އަހަރު ބޭއްވި ނީލަމެއްގައި ކިޔޮޝި ކިމުރާ ވަނީ ތިން މިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފައެވެ. މިއީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބޮޑު އަގެވެ.

ނޫ އުރަހަ ކަންނެއްޔަކީ ދުނިޔޭގައި އެންމެ އަގުބޮޑު މަހުގެ ބާވަތެވެ. މިއީ ވަރަށް މަދުން ފެންނަ މަހުގެ ބާވަތަކަށްވާއިރު ބައެއް ޤައުމުތަކުގައި ނޫއުރަހަ ކަންނެލި ބޭނުމަކީ މަނާކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!