873DA042-D740-4E51-BBC7-980D0C1F7BE4

އަނިޔާވާ ވެލާ ބޭރަށް އެކްސްޕޯޓްކުރަން ދޫކުރާ ހުއްދަ ދިނުން ހުއްޓާލައިފި

 

ވެލާކަހަނބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ދޭ ޚާއްސަ ހުއްދަ ދޫކުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އީޕީއޭއިން ނެރެނު އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ވެލާ ކަހަނބުތަކުގެ ތެރެއިން އެކި ބާވަތުގެ އަނިޔާ ލިބުމުގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ، އަލުން އަނބުރާ އޭގެ ގުދުރަތީ މާހައުލަށް ދޫނުކުރެވޭ ވެލާ ކަހަނބު ރާއްޖެއިން ބޭރުގެ 'އެކުއޭރިއަމްތަކަށް' އެކްސްޕޯޓުކުރުމަށް އެ އެޖެންސީއިން ދޫކުރަމުންއައި ޚާއްސަ ހުއްދަ، ވެލާ ކަހަނބުގެ މެނޭޖްމަންޓް ޕްލޭން ގެޒެޓްކުރެވެންދެން ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

އެހެންކަމުން މިކަމާ ގުޅޭގޮތުން ވަކިގޮތެއް ނިންމައި އީޕީއޭއިން އަންގައި އިއުލާން ކުރަންދެން، ހާއްސައެހީއަށް ބޭނުންވާ ވެލައާއި ކަހަނބު ބޭރަށް ފޮނުވުމަށް ބޭނުންވާ ހާއްސަ ހުއްދަ ދިނުން ހުއްޓާލާފައިވާ ކަމަށް އެ އިއުލާންގައިވެއެވެ.

ރާއްޖޭގެ ކަނޑުތަކުގައި ގިނަ އަދަދެއް ވެލަ އާއި ކަހަނބު ދިރިއުޅެމުންދާއިރު އެ ތަކެއްޗައް އަނިޔާވުމުގެ ސަބަބުން ނުކުޅެދުންތެރިކަމާއި ކުރިމަތިލާން ބައެއް ފަހަރު ވަނީ ޖެހިފައެވެ. އެ ފަދަ ވެލަ އާއި ކަހަނބު ރިހެބިލިޓޭޓް ސެންޓަރުތައް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ވަނީ ގާއިމްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!