މިދިޔަ ހުކުރު ދުވަހު ފެށުނު "އުތުރު ހަޅަ" ނަކަތަީ އިރުވައި މޫސުމުގެ ތިންވަނަ ނަކަތެވެ.
މި ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ކަނޑު ގަދަވެފައި ވައި ބާރުވާނެއެވެ. މި ނަކަތުގައި މަސްވެރިކަން ހުންނާނީ އާއްމު ދުވަސްވަރު މަސްވެރިކަން ހުންނަ ވަރަށެވެ.
މި ނަކަތުގައި ވަނީ 13 ދުވަހެވެ. އެހެންކަމުން މި ނަކަތް ނިމޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފެށޭނީ "ހުވަން" ނަކަތެވެ.
މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން މިހާރުވެސް ވަނީ، ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައިޓް އެލަރޓް ނެރެފައެވެ.
White Alert extended pic.twitter.com/LlyNttdHw9
— Maldives Meteorology (@MetMaldives) January 8, 2023
އިރުވައި މޫސުން ފެށިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެލީ މުލަ ނަކަތުންނެވެ. ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގެ ތިންވަނަ ނަކަތް ކަމުގައިވާ 'ހުވަން' ފެށޭނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
One Response
މި މަހު 9 ގައޭ