ދެކުނު ކޮރެއާގައި ބާއްވާ އައިސް ފިޝިންގ ފެސްޓިވަލްއަށް ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. އެގޮތުން 130000 އެއްހާ ކޮރެއާ މީހުންނާއި ފަތުުރުވެރިންވަނީ މިއަހަރުގެ ހަރަކާތުގައި ބައިވެރިވެފައެވެ.
މި ހަރަކާތް ކުރިއަށް މިދަނީ ކޯވިޑާއި ގުޅިގެން 2 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އާއި 120 ކިލޯމީޓަރު ދުރުގައި އޮންނަ ވާޗިއޯން ކައުންޓީގައި ކުރިއަށްދާ މި ހަރަކާތަކީ އެޤައުމުގައި ބާއްވާ އެންމެ މަޤްބޫލް ވިންޓަރ ފެސްޓިވަލްގެ ހަރަކާތެވެ.
ވިންޓަރ ފެސްޓިވަލްގެ ހަރަކާތްތައް މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި މި ފެސްޓިވަލްގައި ބައިވެރިވާ ހުރިހާ ފަރާތަކަށްވެސް ސަންޗިއޯނިއޯ މަސް ބޭނުމުގެ ފުރުސަތު ލިބިގެންދެއެވެ.
ފަސޭހަކަމާއި އެކު މަސް ބޭނޭތީ މި ހަރަކާތްވެފައިވަނީ ކުދިބޮޑު އެންމެންގެ މެދުގައިވެސް މަޤްބޫލުކަން ލިބިފައިވާ ހަރަކާތަކަށެވެ.
2003ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޖެނުއަރީމަހު ވިންޓަރ ފެސްޓިވަލް އަންނަނީ ބާއްވަމުންނެވެ.