މިދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައި ވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ، ސާފު ދުވަހެއްގައިި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު ހާއްސަކޮށް މެދުރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު ހުރީ އެވްރެޖްކޮށް 4 ހަތަރު ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.
ދުރު ފެންނަ ނިސްބަތް ބަދަލު ވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރާ ކަމަށްވެސް މެޓުން މައުލޫމާތު ދިނެވެ.
ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ވައިޓް އެލަރޓްވެސް ނެރެފައެވެ.
https://twitter.com/MetMaldives/status/1612492899035525121/photo/1
މެޓުން ލަފާކޮށްފައި ވާގޮތުން ޅ. އަތޮޅުން ފެށިގެން އދ އަތޮޅުގެ ރަށްރަށަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ އެވެ.