fishss

ތަފާތު ސިފައެއް ޖަހާ މަހަކަށް ގިނަ ބައެއްގެ ސަމާލުކަން

ތަފާތު ސިފައެއް ޖަހާ މަހަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއވެެ.

އިންސްޓަރގްރާމުގައި ޝެއަރކޮށްފައިވާ މިމަހުގެ ފޮޓޯ މިހާތަނަށް ހަތަރު ލައްކައާއި ގާތްކުރާ އަދަދަކަށް މިހުން ބަލާފައިވެއެވެ. އަދި 11000އަށް ވުރެ ގިނަ މީހުން ކޮމެންޓު ކޮށްފައި ވެއެވެ.

މި މަސް ބާނާފައިވަނީ ރަޝިޔާގެ މަސްވެރިއެއް ކަމަށްވާ ރޯމަން ފެޑޯޓްސޮފްއެވެ.

ރޯމަން ފެޑޯޓްސޮފްއަކީ މިފަދަ ތަފާތު މަސްތައް ބޭނުމަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. އޭނާ ދަނީ އޭނާއަށް ބޭނޭ މިފަދަ ފޮޓޯތައް އޭނާގެ އިންސްޓަރގްރާމް އެކައުންޓުގައި ހިއްސާކުރަމުންނެވެ. އެގޮތުން އޭނާ އެންމެ ފަހުން ބާނާފައިވާ މަސްތަކުގެ ތެރޭގައި ހިމެނޭ މިމަހުގެ ލޯ ވަރަށް ބޮޑުވެފައި ލޯ އިންނަނީ ކޮންމެވެސް ވަރަކަށް ބޭރަށް ނުކުމެފައެވެ. މި މަހުގެ އަނގަވެސް ވަރަށް ބޮޑެވެ.

ރޯމަން މި މަސް ބާނާފައިވަނީ ކަނޑުގެ ވަރަށް އަޑިންނެވެ. މީގެ ކުރިން ރޯމަންވަނީ ބޭބީ ޑްރެގަން އަކާއި ވަތްތަރު މަހެއްވެސް ބާނާފައެވެ. އެ މަހުގައި ހުރީ މަޑު ފިޔާތޮށި ކުލައެވެ. ދިގު ނިގުލަކާއި ބޮޑު ދެ ލޯ ހުރިއިރު، ފިޔަގަނޑެއް ޒާތުގެ އެއްޗެއް އޭގެ ހަށިގަނޑާއި ގުޅިފައިވެއެވެ. އެ މަހަކީ ޗިމައިރާ އެއް ކަން ފަހުން ވަނީ ދެނެގަނެވިފައެވެ. ބައެއް މީހުން މި މަހަށް "ގޯސްޓް ޝާރކް"ގެ ނަމުންވެސް ކިިޔައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!