އެމެރިކާގެ ފްލޮރިޑާ ބީޗަކަށް ލެއްގި 21 ފޫޓުގެ އޯރްކާ ވޭލްއެއްް މަރުވެއްޖެއެވެ.
މި އޯރްކާ ބީޗަށް ބީއްސާލާފައިވަނީ އަމިއްލައަށެވެ. މީތި މަރުވުމަށް ދިމާވި ސަބަބެއް ދެނެގަތުމަށްޓަކައި ނެކްރޮޕްސީއެއް ހެދުމަށްވަނީ ނިންމާފައެވެ.
އަދި މިހާރު މިކަމަށްޓަކައި އޯރްކާވަނީ ބީޗުން ނަގައިގެން ގެންގޮސްފައެވެ.
ބީޗަށް އޯރްކާ ލެއްގުމާއި އެކު ގިނަ ބައެއްގެ ސަމާލުކަންވަނީ އެއަށް ލިބިފައެވެ. އެގޮތުން އޭތި ބަލާލުމަށް އެ ބީޗަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާއިރު، އެސަރަހައްދުގައިވަނީ މިކަމާއި ގުޅިގެން ކާރޫބާރޫ ބޮޑުވެފައެވެ.
&;
ބީޗުން މި އޯރްކާ ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ސަބަބަކީ މިއީ ސައިޒުގެ ގޮތުން ބޮޑު މަހަކަށްވުމެވެ.
އޯރްކާ ވޭލް ނުވަތަ ކިލާ ވޭލްއަކީ ކޯމަހުގެ އާއިލާގެ އެންމެ ބޮޑެތި ވަތްތަރުގެ މަހެވެ. އާއްމުގޮތެއްގައި މި ބާވަތުގެ ކޯމަސް އުޅެނީ ފިނި ހިސާބުތަކުގައެވެ. އެހެން ނަމަވެސް އަހަރުގެ ބައެއް ދުވަސްވަރު އެކި ހިސާބުތަކަށް ހިޖުރަކޮށް ހަދައެވެ.