hpu-2-ht-er-230110_1673379806176_hpMain_16x9_992

ކަނޑުމަތިން ފެންނަ މަސްވެރިކަމުގެ އާލަތްތައް ހޮވައިގެން ގެންނަ މަސްވެރިންނަށް ފައިސާގެ އިނާމެއް ދޭ ޕްރޮގްރާމެއް

މަސްވެރިކަމުގައި އުޅޭއިރު، ކަނޑުމަތިން ފެންނަ މަސްވެރިކަމުގެ އާލަތްތައް ހޮވައިގެން ގެންނަ މަސްވެރިންނަށް ފައިސާގެ އިނާމެއް ދޭ ޕްރޮގްރާމެއް ހަވާއީގައި ފަށައިފިއެވެ.

މަސްވެރިކަމުގައި ބޭނުންކުރާ އާލަތްތައް ކަނޑު މައްޗަށް ދޫވެފައި އޮތުމަކީ އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގިނަ އަސަރުތަކެއް ކުރާ ކަމެކެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ހަވާއީ ޕެސިފިކް ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިން ޑެބްރީ ރިސާޗްއިންވަނީ ހާއްސަ ޕްރޮޖެކްޓެއް ފަށާފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން މަސްވެރިން ހޮވައިގެން ގެންނަ އާލަތްތަކުގެ ބަރުދަނަށް ބެލުމަށްފަހު ފައިސާ އިނާމެއް ލިބިއެވެ.

މި ޕްރޮގްރާމް ގެ ޓެސްޓިން މަރުހަލާތަކެއްވަނީ 2020 އާއި 2021ވަނަ އަހަރުގެތެރޭގައި ކުރިއަށް ގެންގޮސްފައެވެ. އަދި ޕްރޮޖެކްޓަކީ ކުރިއަށްގެންދެވިދާނެ ޕްރޮޖެކްޓެއްކަން ޓެސްޓިން މަރުހަލާއިން ވަނީ ދައްކާފައެވެ.

ނޭޝަނަލް އޮޝަނިކް އެންޑު އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ މެރިން ޑެބްރީ ޕްރޮގްރާމް، އާއި ގުޅިގެން މި ޕްރޮޖެކްޓަށް ބޭނުންވާ ފަންޑިން މިހާރުވަނީ ހަމަޖެހިފައެވެ. އެގޮތުން 100 މެޓްރިކް ޓަނާއި ހަމައަށް ހޮވައިގެން ގެންނަ މަސްވެރިކަމުގެ އާލަތްތައް ގަތުމުގެ ފަންޑިންވަނީ ލިބިފައެވެ. އެހެންކަމުން 2 އަހަރުދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ ކަމަށްވަނީ ލަފާކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!