ރައީސް ސޯލިހް މަރަދޫ އެމްޑީޕީ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ފވާހަކަފުޅު ދައްކަވަނީ. -
ރައީސް ސޯލިހް މަރަދޫ އެމްޑީޕީ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ފވާހަކަފުޅު ދައްކަވަނީ. -

މަސް ގަންނަ އަގަށް ވަރަށް އަވަހަށް ހެޔޮ ބަދަލެއް ގެނެސްދޭނަން: ރައީސް

މަސް ގަންނަ އަގަށް ވަރަށް އަވަހަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫގައި ޖަހަގަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީ އަށާއި މި ސަރުކާރަށް ވެސް މަސްވެރިން ވަރަށް މުހިންމުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން މަސްވެރިން ދޫ ނުކޮށްލައްވާނެ ކަމަށެވެ.

"ދުނިޔޭގެ ތެލުގެ އަގު އުފުލުމުގެ ސަބަބުން މަސްވެރިންނަށް އެކަމުން އަސަރުކުރާނެ. މަސްވެރިންނަށް ތެލާ ނުބައްދަލު އަގެއްގައި މަސް ވިއްކަން ޖެހުމުން ރާއްޖޭން ބޭރަށް މަސް ވިއްކަމުންވެސް ގެންދަނީ ސަރުކާރަށް ދަނީ ގެއްލުން ވަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މަސް ގަންނަ އަގަށް ވުރެ ބޮޑު އަގެއްގައި ގަނެފި ނަމަ، ގެއްލުން ބޮޑުވާނެ ކަމަށެވެ. އަދި އެ ގެއްލުން ފޫބައްދަން ޖެހޭނީ ޓެކްސް ފައިސާއިން ކަމަށެވެ.

މަސްވެރިންނަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންފުޅުވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ހުޅުމީދޫގައި ހުރި ސްޓޯރޭޖު ވީހާވެސް އަވަހަކަށް ބޭނުންކުރެވޭނެ ގޮތް ހަދައި ރަނގަޅު އަގެއް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!