FmrCaQWaEAMVYBr

ބެހިގެން އުޅުނު ލަންކާ މަސްވެރިންތަކަކަށް ދިވެހި މަސްވެރިން އެހީތެރިކަން ފޯރުކޮށްދީފި

ބެހިގެން އުޅުނު ސްރީލަންކާ މަސްވެރިންތަކަކަށް ދިވެހި މަސްވެރިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ، ލަންކާގެ ފަސް މަސްވެރިއަކު ބެހިގެން އުޅެނިކޮށް ދިވެހި މަސްވެރިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.

މި ހާދިސާއަށްފަހު، ބެހިގެންދިޔަ މީހުން، އެމީހުންގެ ބޯޓާއެކު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައި ވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ. އަދި އެމީހުންގާ ގުޅޭ ކަންކަމުގައި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.

https://twitter.com/MNDF_Official/status/1615317188545765378/photo/1

ހާލުގައި ޖެހޭ ވަގުތު އެހީތެރި ވުމުގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދުފަހަރު ރިޕޯޓު ކުރުމާއި އެފަދަ ބޯޓުފަހަރު ހިފެހެއްޓުމުގައިވެސް ދިވެހި މަސްވެރިން ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!