ކަންނެއްޔެއް ނަނުގައި ޖެހި މޫދަށް ދަމައިގަތުމުން ގެއްލުނު މަސްވެރިއެއް ހޯދަނީ

AA16taTq

ހަވާއީގައި މަހަށް ނިކުމެ އުޅުނު މަސްވެރިއެއްްގެ ނަނުގައި ޖެހުނު ބޮޑު ކަންނެންޔަކާއި އެކު މޫދަށް ދަމައިގަތުމުން ގެއްލިގެން ހޯދަން ފަށައިފިއެވެ.

މާކް ނިޓެލް، 63އ. މަހަށް ނިކުތީ ރައްޓިއްސަކާއި އެކުއެވެ. އަދި އޭނާގެ ނަނުގައި ކަންނެލި ގަތުމާއި އެކު، ބޮޑު ކަންނެއްޔެއް ނަނުގައި ޖެހިއްޖެ ކަމަށް ބުނެފައިވާކަމަށާއި، އެއާއެކު ކުއްލިއަކަށް އޭނާ ބޯޓުން މޫދަށް ވެއްޓުނު ކަމަށް މާކްގެ ރައްޓެހިމީހާ ބުނެފައިވެއެވެ.

އަދި މޫދަށް މާކް ދަމައިގަތުމުން އޭނާ ހޯދުމަށް މޫދަށް ފުއްމައިގެން ބެލި ކަމަށާއި އެހެން ނަމަވެސް އޭރު އޭނާ ފެންނަން ނެތްކަމަށް ރައްޓެހިމީހާއާއި ހަވާލާދީ ޙަބަރުތަކުގައިވެއެވެ.

މާކް ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ޔޫއެސް ކޯސްޓުގާޑުގެ ފަރާތުންދަނީ ކުރަމުންނެވެ.

2013ވަނަަ އަހަރުވެސް ހަވާއީގައި މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން އެ ހާދިސާގައި 54 އަހަރުގެ މީހެއްގެ ނަނުގައި ޖެހުނު ރީނދޫ އުރަހަ ކަންނެއްޔަކާއި އެކު އޭނާވަނީ މޫދަށް ދަމައިގަނެފައެވެ. އޭނާގެ ނަސީބު ދިމާކުރިގޮތުން ވަނީ މޫދުން މައްޗަށް އެރޭގޮތްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ