އެމެރިކާގައި 12 އަހަރުގެ ކުއްޖަކު ބޮޑު މިޔަރެއް ބާނައިފިއެވެ.
ކޭމްޕްބެލް ކީނަން ނަމަކަށް ކިޔާ މި ކުއްޖާ މިޔަރު ބާނާފައިވަނީ ފްލޮރިޑާގައި މަސް ދަތުރަކަށް ނިކުމެ އުޅުމުގައެވެ. އޭނާ މިޔަރު ބޭނުމަށް 45 މިނެޓު ހޭދަކޮށްފައިވެއެވެ.
ކޭމްޕްބެލް ބުނިގޮތުގައި ނަނުގައި ގަތީ ބޮޑު މަހެއްކަން އެނގުނު ނަމަވެސް އެއީ މިޔަރެއްކަން އެނގުނީ 20 ފޫޓު ގާތަށް އޭތި އައުމުން ކަމަށެވެ. އޭނާއަށް ބޭނިފައިވަނީ ގްރޭޓު ވައިޓު ޝާކެކެވެ.
މިޔަރުގެ ދިގު މިނުގައި 11 ފޫޓު ހުރިއިރު، ބަރުދަނުގައި ގާތްގަނޑަކަށް 226 ހުރި ކަމަށް ކޭމްޕްބެލްގެ މަންމަ ކޮލީން ބުނެފައިވެއެވެ.
މިޔަރު ލޯންޗު ކައިރިއަށް ގެނައުމަށްފަހު، ލޯންޗުގެ ކެޕްޓަންވަނީ އޭގައި ޓެގު ހަރުކޮށްފައެވެ. އަދި އެއަށްފަހު މިޔަރުވަނީ އަނބުރާ ކަނޑަށް ދޫކޮށްލާފައެވެ.

ކޭމްޕްބެލް އަކީ މަސް ބޭނުންމަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކުއްޖެކެވެ. އެގޮތުން އޭނާއަށް ލިބޭ ކޮންމެ ފުރުސަތެއްގައިވެސް މަސް ދަތުރުތަކުގައިދެއެވެ.