albino-turtle-e1674273831449

އިންޑިއާއިން ފެނުނު ރީނދޫ ކުލައިގަ ވެލައަކަށް ބޮޑު ސަމާލުކަމެއް

މަދުން ނޫނީ ނުފެންނަ ބާވަތުގެ އެލްބީނޯ ވެލައެއް އިންޑިއާއިން ފެނިއްޖެއެވެ.

އިންޑިއާގެ ބުބަނެސްވަރުގެ ކުއާހާއީ ކޯރުން މިވެލާ ފެނިގެން ރިޕޯޓުކޮށްފައިވވަނީ މަސްވެރިއެކެވެ. އޭނާ މަސް ހިފުމަށް ކޯރުގައި ޖެހި ދާ ގަނޑެއްގައި ތާށިވެފައި އިން މި ވެލައަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފައެވެ.

މި ވެލާގެ ގައިގައި ހުރީ މަޑު ރީނދޫ ކުލައެކެވެ. އަދި އޭގެ ލޯ އިނީ ފިޔާތޮށި ކުލައިގައެވެ.

ހިސާބުގަނޑުގައި އުޅޭ މީހުން މި ވެލާ ދެކިލުމަށް ޖަމާވިއެވެ. އަދި ހަރުފަ ހެލްޕްލައިންއަށް ގުޅާ މިކަން ރިޕޯޓުކުރިއެވެ. ސްނޭކް ހެލްޕްލައިންގެ ޖެނެރަލް ސެކްރެޓަރީ ސުބެންދޫ މާލިކް ބުނީ މިއީ ވަރަށް މަދުން ފެންނަ ބާވަތުގެ އަލްބީނޯ އިންޑިއަން ސޮފްޓު ޝެޕް ޓާޓަލްއެއް ކަމަށެވެ.

މި ވެލާ ފޮރެސްޓު ޑިޕާޓުމަންޓާއި ހަވާލުކުރާނެ ކަމަށްވެސް އޭނާ ބުނިއެވެ. އަދި ވެލާގެ ސިއްހީ ހާލަތު ދެނެގަތުމަށް އެ ޑިޕާޓްމަންޓުން މަސައްކަތްކުރާނެ ކަމަށްވެސް ސުބެންދޫ ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ވޯޓު ލާން އައި ވެލަޔަކަށް ތި ވާނީ.ތި ގައުމަށް ތި ދެވުނީ އޮޅިގެން .އަވަހަށް މިކޮޅަށް ފޮނުވާލާ.. ހީވަނީ އެސޮރު ވެސް ވޯޓު ދޭނީ ރައީސް ސޯލިހު އަށް ހެން. 2 ވަނަ ފަހަރަށް ކަށި ޖަހާފާނެތީ އެސޮރުވެސް ބިރު ހީވެފަ.