ސީޝެލްސްގެ ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ހުރި މަސްތަކެއް
ސީޝެލްސްގެ ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ހުރި މަސްތަކެއް

ދިވެހި ކަނޑުމަސް ޔޫރަޕްގައި މާކެޓް ކުރަން ފަށައިފި

ހަތަރު ޝިއާރަކާއެކު އެކު ދިވެހި ކަނޑުމަސް ޔޫރަޕްގައި މާކެޓް ކުރަން ފަށައިފި އެވެ.

އެ ޝިއާރު ތަކަކީ، ފަހަރަކު މަހެއް ބޭނޭ މަސްވެރިކަމާއި މަސް ބާނާއިރު އެހެން ދިރުމަކަށް ގެއްލުން ނުލިބުން އަދި ތެލުގެ ހަރަދު ކުޑަ މަސްވެރިކަމުގެ އިތުރުން ހަމަހަމަކަމާ އެކު މަސްވެރިންނަށް މަންފާ ލިބިދެވޭ މަސްވެރިކަމެވެ.

މި ހަތަރު ޝިއާރު އިފްތިތާހު ކޮށްދެއްވީ، މިދިޔަ މަސްވެރިންގެ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.

އެ ޝިއާރުތަކާ އެކު ރާއްޖޭގެ މަސް އެކްސްޕޯޓަރުން ވަނީ ދުނިޔޭގެ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ބައިވެރިވެފަ އެވެ. ދެ ދުވަހަށް ބޭއްވި އެކްސްޕޯގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް އަދި ބިގްްފިޝް އާއި އޯޝަން ސީފުޑް ހިމެނެއެވެ.

މި އެކްސްޕޯގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި އިނގިރޭސިވިލާތަށް ކަނޑަޅާފައިވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވެސް ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!