cxcx

8 ފޫޓުގެ ބޮޑު ބޯވަދިހަ މަހެއްގެ ހިތްގައިމު ވީޑިއޯއަކަށް ސަމާލުކަން

8 ފޫޓުގެ ބޮޑު ބޯވަދިހަ މަހެއްގެ ހިތްގައިމު ވީޑިއޯއެއް އާއްމުވެއްޖެއެވެ.

މި ވީޑިއޯ ނަގާފައިވަނީ ޖަޕާން މީހެކެވެ. ޔޮސޫކޭ ޓަނާކާ މި ވީޑިއޯ ނަގާފައިވަނީ އޭނާގެ އަންހެނުންނާއި އެކު ޗަޕާނުގެ ހުޅަނގުގެ ސަރަހައްދެއްގައި ޑައިވިންގަށް ގޮސް އުޅުމުގައެވެ.

ޓަނާކާއަށް ފެނިފައިވަނީ ޖަޔަންޓު ސުކުއިޑެކެވެ. މިއީ އާއްމުކޮށް ފެންނަ ބާވަތުގެ ބޯވަދިހަމަހެއް ނޫނެވެ.

ސަބަބަކީ މި ބާވަތުގެ ބޯވަދިޔަމަސް އުޅެނީ ކަނޑުގެ ވަރަށް އަޑީގައި ކަމަށްވާތީއެވެ.

ސީއެންއެންއިން ޓުވިޓާގައި ހިއްސާކޮށްފައިވާ ޓަނާކާގެ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. އެގޮތުން ތިންލައްކައަށްވުރެ ގިނަ މީހުން މި ވީޑިއޯ ބަލާފައިވާއިރު، 150 އެއްހާމީހުން ރީޓްވީޓުކޮށްފައިވެއެވެ.

ސައިންވެރިންނަށް މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބޮޑު ޖަޔަންޓު ސްކުއިޑުގެ ދިގުމިނުގައި 43 ފޫޓު ހުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!