މަސްވެރިކަމާއި ގުޅޭ

873DA042-D740-4E51-BBC7-980D0C1F7BE4

ވެލާތަކަށް ފަރުވާ ދޭނެ ސެންޓަަރެއް އިންޑިއާގެ ޗެންނާއީގައި ގާއިމު ކުރަނީ

ވެލާތަކަށް ބޭނުންވާ ފަރުވާ ދޭނެ ސެންޓަަރެއް އިންޑިއާގެ ޗެންނާއީގައި ގާއިމު ކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޓެމިލްނާޑޫގެ ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ މި ކޮންސަވޭޝަން އެންޑު ރިހެބިލިޓޭޝަން ސެންޓަރަށް 6.3 ކުރޯޑު ރުޕީސް ހަރަދުވާނެ ކަމަށް ބެލެވެއެވެ.

މިތަނުގައި ޓާޓަލް ޕޫލްއަކާއި، ވެލާއަށް ބޭނުންވާ ފަރުވާތައް ދިނުމަށް ބޭނުންވާ ޙިދުމަތްތައް ޤާއިމު ކުރެވޭނެއެވެ. އަދި ފަރުވާ ދިނުމަށްފަހު ވެލާތައް އަނބުރާ ކަނޑަށް ދޫކޮށްލެވޭނެއެވެ.

މި ސެންޓަރުން ވެލާގެ އާބާދީ އިތުރުކޮށް ވެލާ ހިމާޔަތްކުރުމަށްވެސް ޓެމިލް ނާޑޫގެ ކަނޑުގެ އައްސޭރިފަށުގައި ގިނަ މަސައްކަތްތަކެއް ކުރާނެއެވެ. އެގޮތުން ވެލާ ބިސްއަޅަން އަޅާ ސަރަހައްދުތައް ދެނެގަނެ، އެފަދަ ތަންތަން ހިމާޔަތްކުރުމާއި، ވެލާތަކުގައި ޓެގް ހަރުކުރުމާއި، އޭގެ އުޅުމަށް އަންނަ ބަދަލުތަކާއި ހިޖުރަކުރުމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދުމަށް މި ސެންޓަރުން މަސައްކަތްކުރާނެއެވެ.

މި ސެންޓަރު ޗެންނާއީގައި ތަރައްޤީކުރި ނަމަވެސް މުޅި ޓެމިލް ނާޑޫއަށް ވެލާތައް ރިހެބިލިޓޭޓުކުރުމުގައި ބޭނުންވާ އެހީތެރިކަން މިތަނުން ފޯރުކޮށްދޭވެއެވެ.

މިތަނުގެ އަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!