މަސްވެރިކަމާއި ގުޅޭ

ESWDS-10

'ހުވަން' ނަކަތް: ކަނޑު މަޑުވެފައި އުޑުމަތި ސާފުވާނެ

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށި، މި މަހުގެ ނިޔަލަށް ދެމިގެންދާ 'ހުވަން' ނަކަތުގައި ކަނޑު މަޑުވެފައި އުޑުމަތި ސާފުވާނެއެވެ.

އިރުވައި މޫސުމުގެ ހަތަރުވަނަ ނަކަތް ކަމުގައިވާ 'ހުވަން' ނަކަތުގައި

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.

'ހުވަން' ނަކަތް ފެށުމުގެ ކުރިން އޮތީ 'އުުތުރު ހަޅަ' ނަކަތެވެ. އެއީ އޮރުވައި މޫސުމުގެ ތިންވަނަ ނަކަތެވެ. އިރުވައި މޫސުމުގެ ފުރަތަމަ ނަކަތަކީ 'މުލަ' ނަކަތެވެ. އަދި ދެވަނަ ނަކަތަކީ 'ފުރަހަޅަ. ނަކަތެވެ.

މިހާރު ހިނގަމުންދާ 'ހުވަން' ނަކަތް ނިމުމުން ދެން އަންނާނީ 'ދިނަށަ' ނަކަތެވެ.

ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި ބާކީ ފަސް ނަކަތް އެބައޮތެވެ. އެއީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މިވެސް ޚަބަރެއްތަ؟ މީ ޖަނަވަރީ މަސް ދެން އޮތީ ފެބްރުއަރޅ މަސް . ޢަހެރަކު 12 މަސް. އަހަރު ފެށެނީ ޖަނަވަޜީ މަހުން. ނިމޭނީ ޑިސެމްބަރ އަށް.

  2. ތިވެސް ޚަބަރެއްތަ؟

Comments are closed.