މަސްވެރިކަމާއި ގުޅޭ

Oceanic-whitetip-shark_WWF2

އޮސްޓްރޭލިއާގައި އޮޅުވާލައިގެން މިޔަރު މަސް ރެސްޓޯރެންޓުތަކުގައި ވިއްކަނީ

އޮސްޓްރޭލިއާގެ ފިޝް އެންޑް ޗިޕް ވިއްކާ ރެސްްޓޯރެކްޓުތަކުގައި ހިމާޔަތްކޮށްފައިވާ މިޔަރު މަސް ވިއްކާކަން ހާމަވެއްޖެއެވެ.

ފުޑް ކޮންޓްރޯލް ޖާނަލްގައި ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ކަސްޓަމަރުން " ފްލޭކް" އަށް އޯޑަރުދިނުމުން ގިނަ ރެސްޓޯރެންޓުތަކުގައި ގެނެސްދެނީ ހިމާޔަތްކޮށްފައިވާ މިޔަރު މަސް ކަމަށެވެ.

ޔުނިވަރސިޓީ އޮފް އެޑްލެއިޑުއިން ކުރިއަށްގެންދިޔަ ތަހުޤީޤީ ދިރާސާއަކުން ދައްކާގޮތުގައި ވިއްކަން ހުންނަ ކެއުންތަކުގައި އޭގައި ބޭނުންކޮށްފައިވަނީ ކޮން އެއްްޗެއްގައި އަނގައިދޭ ލޭބަލްތައް ހަރުކޮށްފައިވަނީ މަދު ވިޔަފާރިތަކެއްގައެވެ.

ކާނާތައް ނުބައިކޮށް ލޭބަލް ކުރުން، ނުވަތަ ލޭބަލް ކުރުމެއް ނެތި އޭގެ ވިޔަފާރިކުރުމަކީ އޮސްޓްރޭލިއާގައި މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ.

ބައެއް ބާވަތްތަކުގެ މިޔަރުގެ މަސް ކެއުން އޮސްޓްރޭލިއާގައި ހުއްދައެވެ. މި ބާވަތުގެ މިޔަރުގެ މަސް ވިއްކަނީ 'ފްލޭކް'ގެ ގޮތުގައެވެ. ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ދިރާސާއަށްވަނީ 96 ފިޝް އެންޑް ޗިޕް ފިހާރައާއި ތާޒާ މަސް ވިއްކާ 10 ވިޔަފާރިއަކުން ފްލޭކް ސާމްޕަލްތައް ކަލެކްޓުކޮށްފައެވެ.

އަދި މި ސާމްޕަލްތަކުގެ އެހީގައި ކޮން ބާވަތެއްގެ މިޔަރެއްގެ މަސްކަން ދެނެގަތުމަށްވަނީ މަސައްކަތްކޮށްފައެވެ. އަދި މީގެތެރެއިން ގިނައީ އޮސްޓްރޭލިއާގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ މަސްކަން ވަނީ އެނގިފައެވެ.

ބައެއް ބާވަތްތަކުގެ މިޔަރަކީ އޭތި ކެއުމުގެ ސަބަބުން ސިއްހީ މައްސަލަތަކެއްވެސް ކުރިމަތިވެދާނެ އެއްޗެއްކަމަށްވާއިރު، މިޔަރު މަސް މިގޮތަށް ވިއްކުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޔުނިވަރސިޓީގެ ދިރާސާ ޓީމުން ދެކެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!