މަސްވެރިކަމާއި ގުޅޭ

b_XJvXqdhjTgbRePtswVhK9T2CB

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުުޅާލުމުގެ ދިރާސާކުރަން އެމްޓީސީއާ ހަވާލުކޮށްފި

ގއ. ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ ދިރާސާ ކުރަން ހައުސިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އެމްޓީސީސީގައެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ވިލިނގިލި އަދި ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނިކަލް އަދި ފައިނޭންޝަން ފީސިބިލިޓީގެ ދިރާސާތައް ހަދާނެއެވެ.

ޖުމުލަ 21 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޢަނެއްކާ ޢަނެއްތަނެއް ގުޅަން ވޯޓެއް އޮންނަ ކޮންމެ ފަހަރަކު ތިކަން އާދޭ...ދެކޮންޑޫ މަސްރޫއު ކޮބައިތޯ...

Comments are closed.