މަސްވެރިކަމާއި ގުޅޭ

hsdgsh

އާދަޔާ ހިލާފު ބޮޑު ވެނެއް އެމެރިކާގެ ބީޗަކަށް ލައްގައިފި

އާދަޔާ ހިލާފު ބޮޑު ވެނެއް އެމެރިކާގެ ބީޗަކަށް ލައްގައިފިއެވެ. އެމެރިކާގެ ޓެކްސަސްގެ ބީޗަކަށް މަރުވެގެން ލެއްގި މި ވެނުގެ ދިގުމިނުގައި ހަތަރު ފޫޓު ހުރެއެވެ.

ބިރުވެރި ސިފައެއް ޖަހާ މި ވެނަކީ އެމެރިކަން އީލް ނަމަކަށް ކިޔާ ވަތްތަރުގެ ވެނެކެވެ. އަދި ހަތަރު ފޫޓަކީ މީގެ ސައިޒުން އެންމެ ބޮޑުވާ ވަރެވެ.

މި ވެން ފެނިފައިވަނީ ޔުނިވަރސިޓީ އޮފް ޓެކްސަސްގެ މެރިން ސައިންސް އިންސްޓިޓިއުޓުގައި މަސައްކަތްކުރާ ޖޭސް ޓަނަލް އަށެވެ. ޓަނަލްވަނީ މި ވެނުގެ ވީޑިއޯއެއް ފޭސްބުކްގައި ހިއްސާކޮށްފައެވެ.

މިއާ އެކު ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ މި ވީޑިއޯއަށް ލިބިފައެވެ. ޓަނަލް ވީޑިއޯގައި ބުނެފައިވަނީ ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ ހަރުފައެއް ކަމަށެވެ. އެހެން ނަމަވެސް މިއީ ކަނޑުގައި އުޅޭ ވަރަށް ޝައުގުވެރި މަހެއް ކަމަށް ޓަނަލް ބުނެފައިވެއެވެ.

ޓެކްސަސް ޕާކްސް އެންޑު ވައިލްޑުލައިފުން ހާމަކުރާގޮތުގައި އެމެރިކަން އީލްގެ އަންހެން ވަތްތަރު ހަތަރު ފޫޓަށް ބޮޑުވެއެވެ. އަދި ފިރިހެން ވަތްތަރު ބޮޑުވަނީ އެންމެ 1.5 ފޫޓަށެވެ. މީގެ ގައިގެ ހަންގަނޑުގައި މިއުކަސް ހުރެއެވެ. މިއާއެކު ހަންގަނޑުގައި އޮލަކަމެއް ހުރެއެވެ.

މި ބާވަތުގެ ވެން އާއްމުކޮށް ޝިކާރަކޮަށް ހަދަނީ ރޭގަނޑުއެވެ. އަދި ކަކުނި އާއި ކުދި ސޫފިތައް ކައި ހަދައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!