މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މަސްވެރިކަމަށް ނުކުމެ އުޅުނު "އަސުރުމާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 54 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
މ.މުލަކު ބޮއި ކައިރިން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 15:20 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 114"، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 114" ގައި އަނިޔާ ލިބުނު މީހާ ވަނީ މިއަދު 16:15 ހާއިރު މ.މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
މަސްވެރިކަން ކުރަން އުޅޭ މީހުންގެ ލޮލަށް ބުޅި ހެރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ހާދިސާތަކެވެ.