މަސްވެރިކަމާއި ގުޅޭ

ބ. ތުޅާދޫ -- ފޮޓޯ/ މިހާދު
ބ. ތުޅާދޫ -- ފޮޓޯ/ މިހާދު

ރަށުން ބޭރުމީހުން ނުގަވާއިދުން ތުޅާދޫ ފަޅުގައި ފީނާތީ ކައުންސިިލުން ކަންބޮޑުވުން ފާޅުކޮށްފި

ރަށުން ބޭރުމީހުން ނުގަވާއިދުން ބ. ތުޅާދޫ ފަޅުގައި ފީނާތީ އެކަން ހުއްޓުވައިދޭން އަތޮޅު ކައުންސިލްގައި ތުޅާދޫ ކައުންސިލުން އެދިއްްޖެއެވެ.

ތުލާދޫ ކައުންސިލުން، ރ އަތޮޅުގެ ވެރިކަންކުރާ އުނގޫފާރު ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ތުޅާދޫ ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ތުޅާދޫ ފަޅުގައި ފީނައި، ހުއިފިލަނޑާ ކައްކައި އޭގެ ދިޔަގަނޑު ފަޅުތެރެއަށް އަޅަމުންދާތީ، ފަޅުގެ ދިރުންތަކަށް ގެއްލުންވާ ކަމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން އެ ކައުންސިލަށް ލިބޭ ކަމަށެވެ.

އެ މަސައްކަތް ކުރާ ކަމަށް ޝައްކުކުރެވޭ ދޯންޏެއް މި މަހުގެ ކުރީކޮޅު ޗެކްކުރި އިރު، އެ ދޯނީގައި ހުއިފިލަނޑާ ކައްކާފައި ހުރި ދިޔަވެސް ހުރި ކަމަށާއި އެއީ ރ. އަތޮޅަށް ނިސްބަތްވާ ދޯންޏެއްކަމަށް ތުޅާދޫ ކައުންސިލްގެ ސިޓީގައިވެއެވެ.

ކަނޑުުގެ ތިމާވެއްޓާއި ކަނޑުގެ ދިރުންތަކާއި، އެތަކެތި ދިރިއުޅޭ ތަންތަން ހިމާޔަތް ކުރުމަށްޓަކައި ފީނާ ފަރާތްތަކުން ޒިންމާދާރު ގޮތެއްގައި އެކަން ކުރަން ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދު (ދިވެހިރާއްޖޭގައި ފީނުމާއި ފީނުމުގެ ހިދުމަތް ދިނުމާއި ބެހޭ ގަވާއިދު)ގައި ވާކަމަށް ތުޅާދޫ ކައުންސިލުން ފާހަގަ ކުރިއެވެ.

އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުގައިވެސް، ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާނެ އެއްވެސް ކަމެއް ނުކުރަން ބަޔާންކޮށްފައި ވާކަމަށް ތުޅާދޫ ކައުންސިލްގެ ސިޓީގައިވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ، 'ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދު'ގައި ވާގޮތުން، މީހުން ދިރިއުޅޭ ރަށެއްގެ ފަޅުތެރެއަށް ވަދެ މަސްވެރިކަން ކުރެވޭނީ އެ ރަށެއްގެ ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށެވެ.

އެހެންކަމުން ގަވާއިދާ ހިލާފަށް ތުޅާދޫ ފަޅުގައި ހަރަކާތްތެރިވި ނުވުމަށް ރ. އަތޮޅުގެ ރަށްތަކަށް އަންގައި ދިނުމަށް ތުޅާދޫ ކައުންސިލުން އެދިފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!