މަސްވެރިކަމާއި ގުޅޭ

3677416-e1654852781561

ޓެންޒޭނިއާގައި ޒަމާނީ ފެންވަރުގެ މަސް ބަނދަރެއް ތަރައްޤީކުރުމަށް 111 މިލިއަން ޑޮލަރުގެ މަޝްރޫއެއް

ޓެންޒޭނިއާގައި ޒަމާނީ ފެންވަރުގެ މަސް ބަނދަރެއް ތަރައްޤީކުރުމަށް އެޤައުމުގެ ސަރުކާރުން ބިޔަ މަޝްރޫޢެއް ފަށައިފިއެވެ.

ޓެންޒޭނިއާގެ ކިލްވާގައި ތަރައްޤީކުރާ މި މަސް ބަނދަރަކީ 111 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫޢާއި ގުޅޭ މައިގަނޑު ބައެއް އެއްބަސްވުންތަކުގައި 2022ވަނަ އަހަރުވަނީ ސޮއިކޮށްފައެވެ. އަދި މިހާރު މަސައްކަތް ކުރިއަށް ދާގޮތަށް ބަލާއިރު އަންނަ އަހަރުތެރޭގައި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެޤައުމުގެ ސަރުކާރުން ލަފާކުރެއެވެ.

ކިލްވާ ޑިސްޓްރިކްޓްގެ ކޮމިޝަނާ ޒައިނަބޫ ކަވާވާ ބުނިގޮތުގައި މިހާރުދަނީ ބަނދަރު ތަރައްޤީކުރުމަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޖިއޯލޮޖިކަލް ސަރވޭގެ މަސައްކަތާއި، ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ބުންޏެވެ.

މި ބަނދަރުގެ މަސައްކަތް ނިމުމުން އަހަރަކު 60،000 ޓަނުގެ މަސް އެތަނުން ގަނެވޭނެއެވެ. އަދި އަވަށްޓެރި ޤައުމުތަކަށް އެކްސްޕޯޓުކުރުމުގެ މަސައްކަތް މި ބަނދަރުން ކުރެވޭނެއެވެ.

ޓެންޒޭނިއާއަކީ މަސްވެރި ޤައުމެކެވެ. އެގޮތުން އެޤައުމުގެ އުފެއްދުންތެރިކަމުގެ %1.71 ހިއްސާކުރަނީ މަސްވެރިކަމުގެ ސިނާއަތުންނެވެ. އަދި 2021ވަނަ އަހަރު ޓެންޒޭނިއާއިން ވަނީ 4.32 މިލިއަން ޑޮލަރުގެ މަސް ބޭރުކޮށްފައެވެ. މިއީ ޓެންޒޭނިއާގެ ޖުމްލަ އެކްސްޕޯޓުގެ %0.067އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!